ގދ. ގައްދޫގެ ވޯޓު ފޮށި ކައިރީ ހިނގި ހަމަނުޖެހުން ހައްލު ކޯށް ވޯޓު ލުން އަނެއްކާ ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާރތު ދެއްވަމުން ގައްދޫ ކައުންސިލުން ބުނީ، އެ ހަމަނުޖެހުން ހިނގާފައި ވަނީ ސިޔާސީ ދެ ޕާޓިއެއްގެ މެންބަރުންތަކެއްގެ މެދުގައި ކަމަށެވެ. ހަމަނުޖެހުން ހިނގި ވަގުތު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މި ހަމަނުޖެހުމާ ގުޅިގެން ގައްދޫގައި ވޯޓު ލާ މަރުކަޒުގައި ވޯޓު ލުން ވަނީ އެ ވަގުތު މެދުކަނޑާލާފައެވެ. ނަމަވެސް 30 މިނެޓް ފަހުން އަލުން ވޯޓު ލުން ފަށާފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

މިހާތަނަށް އައި އިރު 100 އެއްހާ މީހުން ގައްދޫގައި ވޯޓު ލާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މި ހަމަނުޖެހުމާ ގުޅިގެން އަދި މިހަތަނަށް ފުލުހުންގެ ބަހެއް ލިބިފައި ނުވެއެވެ.