ރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާގެ މައި ކުންފުނި، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ފަހުރުވެރި 31 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުން އެބަދެއެވެ.

މާލޭގެ އާބާދީ އިތުރުވެ، ފެނާއި ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަގްސަދުގައި 1995ގެ އޭޕްރީލް މަހު އުފެދުނު މި ކުންފުނި ވެފައިވަނީ، ދިވެހިންގެ ސިއްހީ ރައްކާތެރިކަމާއި ގައުމީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާއަށެވެ. ފެށުނުއިރު 60 މުވައްޒަފުންނާއެކު 60،000 މީހުންނަށް ހިދުމަތް ދިން ނަމަވެސް، މިއަދު 1،000 އަށްވުރެ ގިނަ މުވައްޒަފުންނާއެކު ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް މި ކުންފުނިން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މިހާރު އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް މާލެ ސަރަހައްދުގެ އިތުރުން ރ. ދުވާފަރު، ހދ. ކުޅުދުއްފުށި އަދި ކ. މާފުށި ފަދަ ބޮޑެތި އާބާދީތަކަށް ވަނީ ފުޅާކޮށްފައެވެ. ވަކިން ހާއްސަކޮށް ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓާއި ކުނި މެނޭޖްކުރުމުގެ ހިދުމަތްވެސް އެ ކުންފުނިން ދަނީ ދެމުންނެވެ.

ފެން ކުންފުނިން ވަނީ މާލެ ސަރަހައްދުގެ ފެން އުފެއްދުމުގެ ގާބިލުކަން 49،900 ޓަނަށް އިތުރުކޮށް، ފެން ރައްކާކުރެވޭ މިންވަރު 25 އިންސައްތަ އިތުރުކޮށްފަ

ވޭތުވެދިޔަ އަހަރަކީ ކުންފުނީގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި އާ އާރްއޯ ޕްލާންޓްތަކެއް ބަހައްޓައި، މާލެ ސަރަހައްދުގެ ފެން އުފެއްދުމުގެ ގާބިލުކަން ވަނީ 49،900 ޓަނަށް އިތުރުކޮށްފައެވެ. އަދި ފެން ރައްކާކުރެވޭ މިންވަރު 25 އިންސައްތަ އިތުރުކޮށް، މުޅި ގްރޭޓާ މާލެ ސަރަހައްދުގައި 50،445 ޓަނުގެ ފެން ރައްކާކުރެވޭނެ އިންތިޒާމު މިހާރު ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަކީ ހިދުމަތުގެ ކަށަވަރުކަން އިތުރުވެގެންދިޔަ މުހިންމު މަސައްކަތެކެވެ.

ޓެކްނޮލޮޖީގެ ގޮތުން ބަލާއިރު، "ދިވެހިރާއްޖެ 2.0" އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ފެން ކުންފުނީގެ ހިދުމަތްތައް ވަނީ ޑިޖިޓަލައިޒްކޮށްފަ

ޓެކްނޮލޮޖީގެ ގޮތުން ބަލާއިރު، "ދިވެހިރާއްޖެ 2.0" އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ކުންފުނީގެ ހިދުމަތްތައް ވަނީ ޑިޖިޓަލައިޒްކޮށްފައެވެ. އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕާއި އީ-ޕޯޓަލް މެދުވެރިކޮށް ބިލް ދެއްކުމާއި ފެން ބޭނުންކުރާ މިންވަރު ބަލާލުމުގެ ފަސޭހަކަން ކަސްޓަމަރުންނަށް މިހާރު ލިބެއެވެ. އަދި ކުރިމަގުގައި ސްމާޓް މީޓަރާއި ޕްރިޕެއިޑް މީޓަރުގެ ހިދުމަތް ތައާރަފުކުރުމަށްވެސް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެން ކުންފުނީގެ ދާއިރާ ފުޅާކުރުމުގެ ގޮތުން ހުޅުމާލޭގައި ފުޅީގައި ބަންދުކުރި ފެން އުފައްދާ ކާރުހާނާއެއް ހިންގަމުންދާއިރު، ގުޅީފަޅުގައި ހުންނަ ޕައިޕް ފެކްޓަރީއަކީ ރާއްޖޭގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ބޭނުންވާ ހޮޅި އުފައްދާ މުހިންމު ތަނެކެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި މިހާތަނަށް 111 މަޝްރޫއެއް ނިންމާފައިވާއިރު، އިތުރު ރަށްރަށުގައި ނިޒާމުތައް ގާއިމްކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއެކު އައު އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

31 އަހަރުގެ ކާމިޔާބު ދަތުރާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީން ބުނީ، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ހިދުމަތެއް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ. މި މުނާސަބަތުގައި ކުންފުނީގެ މެނޭޖްމަންޓުން ވަނީ ހުރިހާ މުވައްޒަފުންނަށާއި ކަސްޓަމަރުންނަށް އިހްލާސްތެރި ޝުކުރެއް އަދާކޮށްފައެވެ.