މަރުގެ ހުކުމާ ގުޅޭ ޝަރުއީ ހުރިހާ މަރުހަލާއެއް ނިންމާފައި ތިބި ފަރާތްތަކަށް މަރުގެ ހުކުމް ތަންފީޒު ކުރަން ގާނޫނީ އޮނިގަނޑު ހަރުދަނާކުރަން ހުށަހަޅަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ މީގެ ކުރީގެ ސަރުކާރުތަކުން ދައްކާ ކަމަށާއި ނަމަވެސް އަމަލީ ގޮތުން އެކަން ކުރަން ފަސްޖެހުނު ކަމަށެވެ.

ނަމަވެސް މަރުގެ ހުކުމް ތަންފީޒު ނުކޮށް ދޫކޮށްލުމަކީ ވަލީއުލްއަމްރަށް އޮތް 'ޗޮއިސް' އެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި، މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުައް ފުރިހަމަ ކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހަޅަން ނިންމަވާފައި ވާާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފުހެ ހުރިހާ މަރުހަލާއެއް ނިމި ސްޕްރީމް ކޯޓުން މަރުގެ ހުމުން ދެމެހެއްޓުމުންނެވެ.

ރާއްޖޭގައި އެ މަރުހަލާތައް ނިމި މަރުގެ ހުކުމް ދަމަހައްޓާފައި ވާ 3 މީހަކު އެބަތިއްބެއެވެ.

ރައީސް ވިދާޅުވީ، އަދުލުއިންސާފު ގާއިމްކުރުމަށާއި ސޯޝަލް ޖަސްޓިސް ގާއިމްކުރުމަށްޓަކައި މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.

"އިސްލާމީ ގައުމެއްގައި، އެ އޮންނަ އުސޫލެއްގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި އެކަން ހިފެހެއްޓުމަކީ ދައުލަތަކަށް ވެސް އޮތް ޗޮއިސެއް ކަމަށް ގަބޫލެއް ނުކުރަން."
ރައީސް

އެ މައުޟޫގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ބިލް މަޖިލީހަށް ފޮނުވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ބިން ނިމި ފާސްވެ ތަސްދީގު ވުމާއެކު، ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައި ވާ އެންމެންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ.