މޯލްޑިވްސް އިމިގްރޭޝަންއަށް ފިލައިގެން އުޅޭ 4 ބިދޭސީއަކު ހޯދުމަށް އާންމުންގެ އެހީތެރި ކަމަށް އެދެފިއެވެ.
އިމިގްރޭޝަނަށް ފިލައިގެން އުޅޭ ކަމަށް ބުނެ ވަނަވަރު އާންމުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 4 ފިރިހެނުންގެއެވެ. އަދި އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އިމިގްރޭޝަނަށް އެންގުމަށް ވަނީ އެދިފައެވެ.
އިމިގްރޭޝަނުން ހޯދަމުންދާ 4 ބިދޭސީންނަކީ:
- ޖިއާއުއްރަހްމާން ބިޝްވާސް (46އ.)
- ރާފިގުލް (32އ.)
- އެމްޑީ އާރިފް ޓާޓީ (22އ.)
- އެމްޑީ ޝާދަތް ހޮސެއިން (27އ.)
ހޯދަމުންދާ ބިދޭސީންނާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، އެކަމުގެ މައުލޫމާތު އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ގުޅައި ހިއްސާ ކުރުމަށް ނުވަތަ އިމިގްރޭޝަނަށް މެއިލް ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް އެ މައުލޫމާތު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.
ރާއްޖެއަށް މަސައްކަތަށް ބިދޭސީން ގެންނަ ބިދޭސީން ފިލާ މައްސަލައަކީ މީގެ ކުރިން ވެސް ދިމާވެފައިވާ މައްސަލަތަކެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ ގަވައިދުން ރެއިޑްތައް ހިންގަމުންދާއިރު އެފަދަ ރެއިޑް ތަކުގައި ވެސް ފިލައިގެން އުޅޭ ބިދޭސީން އަތުލައިގަންނަމުން ދެއެވެ.
