ތައިލޭންޑުގެ ނާކޯން ރާޗަސީމާ ޕްރޮވިންސްގެ ސީކިއޫ ޑިސްޓްރިކްޓްގައި ހިނގި ހިތާމަވެރި ރޭލު އެކްސިޑެންޓާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެގައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ އަނޫޓީން ޗަރްވިރަކޫލްއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަހަމްވި މި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމަ ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ތައިލެންޑް ސަރުކާރަށާއި، މި ހާދިސާގެ ސަބަބުން ހިތްދަތިކަން ތަހައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތަޢުޒިޔާ ވިދާޅުވެފައި ވެއެވެ.
އަދި މި ހާދިސާގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މީހުން ހޯދައި ސަލާމަތްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް، ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.
އިއްޔެ މި އެކްސިޑެންޓް ހިނގާފައިވަނީ ބެންކޮކްގެ އިރުއުތުރުން 230 ކިލޯމީޓަރު (143 މޭލު) ދުރުގައި އޮންނަ ނަހޮން ރައްޗަސިމާ ޕްރޮވިންސްގެ ސިކިއޯ ޑިސްޓްރިކްޓްގައެވެ. އެ ރޭލު ދަތުރުކުރީ ތައިލެންޑްގެ ވެރިރަށް އުބޮން ރައްޗަތާނީ ޕްރޮވިންސަށެވެ. މި ހާދިސާގައި 28 މީހުން މަރުވެ 64 މީހުން ވަނީ ޒަހަމްވެފައެވެ.
