ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން އަހްމަދު ޝަމާހް ރަޝީދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެންބަރު ކަމުގެ މަގާމުން މ. ސިސްކަން، އަހްމަދު ޝަމާހް ރަޝީދު މިއަދުން ފެށިގެން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކި ކުރި ސަބަބެއް ހަމައެއް ނުކުރެއެވެ.
ޝަމާހް ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ކުރިން އެ މގާމުގައި ހުންނެވެި ހުސެއިން ފަހުމީ އެ މަގާމުން ވަކި ކުރުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
ޝަމާހުއަކީ މީގެ ކުރިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މިފްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އޭރު އޭނާއަށް ވަނީ ބޮޑެތި ތުހުމަތު ތަކެއް ވެސް ކޮށްފައެވެ. އެގޮތުން އެ އަހަރުގެ މާޗް މަހު ވަނީ ކޯޕަރެޓް ގަވަނަންސްގެ މައްސަލަަތަކަކާ ގުޅިގެން ދެ ހަފްތާއަށް ސަސްޕެންޑުވެސް ކޮށްފައެވެ.
އެ މައްސަލަތަކުގެ ތެރޭގައި އޭނާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ. މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރުމަށްފަހު ޝަމާހު ދެން ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

ލ އަތޮޅުގަ ހުންނަ އަމާނީގެ ގެ ހަދާދިނީ ވެސް ސަމާހު، އަމާނީ ހުންނަނީވަރިކޮށްފަ، މިސަރުކާރުން މުސާރަދީފަ ކަމެއްނުކުރުވަ ބަހައްޓާފަހުންނަނީ