ކ. ގަމަރުގިރި ކައިރިން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ 3 މީހުންނާ އެކު ގަމަރުގިރި ކައިރިން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ މި ދޯންޏަކީ ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރުކުރި ދޯންޏެއް ކަމަށެވެ.
އިތުރަށް އެމްއެންޑީއެފް އިން ބުނީ ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށާއި ނަމަވެސް ދޯންޏަކީ ކުނި ބަރުކޮށްފައިވާ ދޯންޏެއް ކަމުން މުޅިން ނިއްވާލުމަށް ވަގުތު ނަގާނެ ކަމަށެވެ.
އަދި މި ހާދިސާގައި މީހަކަށް ގެއްލުމެއްވީ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
