ކުދި އަދި މެދު ފަންތީގެ ވިޔަފާޜިވެރިންނަށް މިހާބޮޑު އަހަމިއްޔަތު ކަމެއް ދެއްވައި ވިޔަފާރިވެރިން އެދުނު ފަދައިން ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރެއްވި މި ނޫން ވަރިއަކު ދެކިވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވެފައި މިވަނީ، ރައީސް އޮފީހުން ކުރިއަށް ގެންދާ ތަތުޖަމާނާއެކު ޕޮޑްކާސްޓް ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ހުށަަހަޅުއްވާ މި ޕޮޑްކާސްޓްގައި މިއަދު ބައިވެރިވި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، ޖުމްލަ ގޮތެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސާކޮށްގެން ކުރިއަށް އޮތް ދެ އަހަރަށް އަމާޒު ކުރައްވައިގެން ކަންތައްތައް ކުރައްވާނެ ގޮތާމެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެބިނެޓްގައި މަޝްވަރާކުރައްވާފައި ކަމަށެވެ. އެގޮތުން ވިޔަފާރިތަކުން ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުގެ ގުޅުންހުރި އެކި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން އިރުޝާދު ދީފަިއވާ ކަމަށާއި އެ ވިޔަފާރިތަކުން ހުށަހެޅި ޝަކުވާތަކަށް އިދާރާތަކުން ހައްލެއް ގެނައުމަށް އެދިފައިވާ ކަމަށް ސައީދު ވިދާޅުވިއެެވެ
ކުރިން ސަރުކާރެއްގައި ވެސް އިކޮނޮމިކް މިނިސްޓަރެއްގެ މަގާމު ފުރުއްވާފައިވާ ކަން ހާމަކުރައްވަމުން ސައީދު ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރުަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާ އަހައްމަިއްތަު ކަމެއް ދީފައިވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ރައީސްގެ ނިންމެވުމަށް ބަލާލާ އިރު މި އަހާޜއި އަންނަ އަހަރު ވެެން ދާނީ ވިޔަފާރިވެރިންނަށް ހާއްސަކޮށް ގިނަ ލުއިތަކެއް ލިބިގެންދާނެ އަހަރެއް ކަމުގައި ސައީދު ވިދާޅުވިއެވެ. އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި މިއަހަރު ފާހަގަކުރެވޭ އިރު ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތައް މިހާރަށް ވުރެ ފުޅާކޮށް އެކަމުގެ ފައިދާ ވިޔަފާރިތަކަށް ވާނެ ގޮތަށް އިންތިޒާމުތައް ހަމެޖެހޭނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ސަރުކާރުން ދާދި ފަހުން އަޅާފައިވާ ފިޔަވަޅުތަކަށް، އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، ސަރުކާރުން މިހާރު ވައިގެ ބަނދަރާއި މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ހިދުމަތް ދޭ ގަޑި އިތުރުކޮށް މުދަލަށް ޑެމަރޭޖް ނާރާ ވަގުތު 3 ދުވަހުން 5 ދުވަހަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ފައިސާ ނުލިބިވާ ކުންފުނިތަކަށް އެކަމުގައި ހައްލު ހޯދުމަށް މާލީ ވުޒާރާއާއި މީރާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
