މި މުޖުތަމައުގައި ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ އެންމެންގެ ނިޔަތާއި ހިޔާލު އެއްގޮތް ވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔަ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައްޔިތުންގެ ޝަކުވާތަކާއި އެދުމުގެ މަތިން މަސާޖު ޕާލާތައް ބަންދުކުރުމަށް މި މަހުގެ9 ވަނަ ދުވހު ފެށި އޮޕަރޭޝަނާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދެއްވފައެވެ. އެ ގޮތުން އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މުޖުތަމައުގެ ހާލަތު ބަދަލު ކުރެވޭނީ އާންމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކުގެ ނިޔތާއި އަމަލުތައް އެއްގޮތް ވެގެން ކަމަށެވެ. އެފަދަ ކަންކަން ހިންގަނީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތަކަށް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ކަމަށާއި މި ފަދަ ތަންތަން ހިންގަމުން ދަނީ މިފަދަ ތަންތަނުން ހިދުމަތް ހޯދާ ބަޔަކު ތިބުމުން ކަން ހިތާމަޔާއެކު ގަބުލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން މިފަދަ ގިނަ މައްސަލަތައް ހައްލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ހައްލެއް ލިބިފަިއ ނުވާ ބިދޭސީންގެ މައްސަލައަށް ވެސް މިހާތަނަށް އައި އިރު ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މަސާޖު ޕަލާތައް ބަންފުކޮށް މި ދަފަ ތަންތަނުން ވެސް ގިނަ ބިދޭސީންތަކެއް ވަނީ އަތުލައިގެންފައެވެ.
ހަމައެއާއެކު ބިދޭސީންގެ ތެރެއިން 2 ލައްކައަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.
