ބަލިވެއިނދެ، ބައިގެން ދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ ކުއްޖާ ބައިގެންދިޔަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ އަންހެން މީހާއަކީ ސިނަމަން ވިލުފުށީ ރިސޯޓުގެ މުވައްޒަފެކެވެ.

ނުއުފަންނަ ކުއްޖާ 'ޑަސްބިނަށް އަޅާފައިވާ' ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، މިކަން އަދި ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.