ކ.ނަކައްޗާފުށި ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާލަށް ޑްރެޖާ ހޮޅިތަކެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި އޮޔާދަނީ ކ.ނަކައްޗާފުށީ ކައިރި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް 100 މީޓަރުގެ ޑްރެޖާ ހޮޅިތަކެކެވެ.
އެ ހޮޅިތައް އޮޔާދަނީ ނަކައްޗާފުށި ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށް ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. އެހެންކަމުން އަލިހުރަސްކަނޑާއި އެ ސަރަހައްދު ކައިރިން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފްއިން ވަނީ ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
