ކ.ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން، ކިނބުލެއް ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ކިނބޫ ފެނިފައިވަނީ "ރަންމުތް " ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށެވެ. މިއީ 6 ފޫޓުގެ ކިނބުލެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އިތުރަށް އެމްއެންޑީއެފް އިން ބުނީ އެ ދޯނީގެ މީހުން ހިފި މި ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ރާއްޖެއަށް ނާދެވޭގޮތަށް، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މޫސުމަށް އަންނަ ބަދަލާ ގުޅިގެން ބައެއް ފަހަރު ރާއްޖެއިން ނުފެންނަ، ދޫނިތަކާއި، ކިނބު ފެނުމަކީ އާންމުކަމެކެވެ.