އެމްއެންޑީއެފްއާއި އިންޑިއަން އާމީ ގުޅިގެން ކުރިއަށްގެންދިޔަ "އެކްސަސައިޒް އެކުވެރިން" އަދި "އެކްސަސައިޒް އެކަތަ" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ދިވެހިރާއްޖޭގެ ތެރެއިން ފަހަރަކު ގައުމެއްގައި ބާއްވަމުން ގެންދާ "އެކްސަސައިޒް އެކުވެރިން"ގެ މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ ޑިސެންބަރު 2 އިން 16އަށް އިންޑިއާގެ ޓްރިވެންޑްރަމްގައެވެ.

އެމްއެންޑީއެފް މެެރިން ކޯގެ 45 މެރީންސް ބައިވެރިވި މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޮންޓިންޖެންްޓްގެ ކޮމާންޑަރަކީ، އެމްއެންޑީއެފް މެރިން ކޯ ހެޑްކުއާޓާޒްގެ އޮޕަރޭޝަންސް ޓްރޭނިން އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރު މޭޖާ އަބްދުލް ހަސީބް އިބްރާހީމް ކަމަށް އެމްއެންޑީއެފްއިްނ ވަނީ ބުނެފައެވެ.

މި އެކްސަސައިޒްގެ ތެރެއިން، ޑިސެމްބަރު 13 އަދި 14ގައި ކުރިއަށްގެންދިޔަ ވެލިޑޭޝަން އެކްސަސައިޒްގައި ރެއިޑަކާއި ސީއޭއެސްއޯ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައި ވެއެވެ. މީގެ އިތުރުން މި އެކްސަސައިޒްގައި ޑްރޯން ފަދަ ޓެކްނޮލޮޖީ ވެސް ބޭނުންކޮށްފައިވެއެވެ.

ނޮވެމްބަރު 20 އިން ޑިސެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފާއި އިންޑިއަން ނޭވީން ގުޅިގެން ހިންގި މި އަހަރުގެ އެކްސަސައިޒްގައި އެމްއެންޑީއެފް މެރިން ކޯ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސްއާއި އެމްއެންޑީއެފް މެރިން ކޯ، އެމްޑީޔޫތަކުގެ މެރީންސްގެ އިތުރުން އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯއާއި އެމްއެންޑީއެފް ސާވިސް ކޯއަށް ނިސްބަތްވާ ސިފައިން ބައިވެރިވިއެވެ.

އެމްއެންޑީއެފާއި އިންޑިއަން ނޭވީ ގުޅިގެން ނޮވެންބަރު 20 އިން ޑިސެންބަރު 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެކްސަސައިޒް އެކަތައިގައި އެމްއެންޑީއެފް މެރިން ކޯ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސް، އެމްއެންޑީއެފް މެރިން ކޯ، އެމްޑީޔޫތަކުގެ މެރީންސްގެ އިތުރުން އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯ އަދި އެމްއެންޑީއެފް ސާވިސް ކޯއަށް ނިސްބަތްވާ ސިފައިން ބައިވެރިވިއެވެ.

މި އެކްސަސައިޒްގައި ކްލޯސް ކުއާޓާ ބެޓަލް، ބްރީޗިން ޓެކްނީކްސް، ލައިވް ފަޔަރިން، ވީބީއެސްއެސް، ސްޕެޝަލް ހެލިބޯން އޮޕަރޭޝަން، އަންޑާ ވޯޓާ ޑިމޮލިޝަން އަދި އެއާ ޑައިވިން (ސާފޭސް ސަޕްލައި) ފަދަ ބައިތަކުގެ ތަމްރީނުތައް ވަނީ ފަރިތަކޮށްފައެވެ.