ހުޅުމާލެ ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ހުލުމާލޭ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

https://x.com/MNDF_Official/status/1988159240427762076?s=20

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯކުން ފެންނަ ގޮތުގައި އެ ދޯނީގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އަދި މިހާރު އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތާއެކު އެ ދޯނިން ދަނީ ކަޅު ދުން އަރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.