އެތެރެ އާއި ބޭރުގެ ދަރަނި ހަލާސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި 2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ހަލާސްކުރުމުގައިވެސް ކަންބޮޑުވުމެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ބިލެތްފެހި ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މި ސަރުކާރުން އިގްތިސާދު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މިއަދުގެ ސަރުކާރުން އިގްތިސާދީ ކަންކަން ރަނގަޅުކުރުމަށް، އެތެރެ އާއި ބޭރުގެ ދަރަނި ހާލާސްކުރައްވަމުން އަދި އެކުވެރި ދައުލަތްތަކާ މަޝްވަރާކޮށްގެން ބައެއް ދަރަނިތަކަށް ލުއި ގޮތްތައް ހޯދައި، އެ ލުއިފަސޭހަކަން ރައްޔިތުންނަށް ހޯއްދައި ދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ކޮށްދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމުގައެވެ.

ރޭވުންތެރިކަމާއެކު ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބު ވަމުން ދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މާލީ ރިޒާވްގެ ޓްރެޖެކްޓަރީވެސް ހުރީ ރަނގަޅު މިސްރާބަކަށް ކަމުގައެވެ. އަދި ސަރުކާރުން ކުރުވި މަސައްކަތްތަކަށް ދައްކަންޖެހޭ ފައިސާ ހާލާސްކޮށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެކަންވެސް ފުރިހަމަ ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައެވެ.