ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެ ސިޓީގެ ގާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވި މައްސަލައެއް މިރޭ 07:44 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާވެފައިވާއިރު، ސައިކަލު ދުއްވި މީހާއަށް ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ނަމަވެސް އެ އަންހެން މީހާއަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ދޭތެރެ ދޭތެރެއިން މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާއިރު ބައެއް އެކްސިޑެންޓުތަކުގައި ވަނީ އެކި މީހުންގެ ފުރާނަ ވެސް ގޮސްފައެވެ.