ވިލިމާލެއާ ދިމާލު ބޭރުގައި އޮތް ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު މިއަދު ފެނިއްޖެއެވެ.
ވިލިމާލެއާ ދިމާ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ބޯޓަކުން މީހަކު ކަނޑަށް ވެއްޓުނީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ. އެމްއެންޑީއެފުން ބުނީ އެމްއެސްވީ ޑައުލާ ނަމަކަށް ކިޔާ ބޯޓުން ކަނޑަށް ވެއްޓުނީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ.
އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ދެވަނަ ސްކޮޑްރަން ކުރިއަށް ގެންގޮސްފައިވާއިރު މިރޭ އެ މުވައްސަސާއިން ވަނީ އެމީހާގެ ހަށިގަނޑު ފެނިފައިވާކަމަށް ބުނެފައެވެ.
އެމްއެންޑީއެފް އިން ބުނީ އެ މީހާގެ ހަށިގަނޑު ހޯދީ، ކ. ފޭދޫފިނޮޅުގެ ދެކުނުން ކަމަށެވެ. އަދި މިހާރު އެ މީހާގެ ހަށިގަނޑު ފުލުުހަށް ހަވާލުކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.