ގެއްލިގެން ހޯދަމުންދިޔަ 'ކޮލަމާ' ބޯޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގއ. ކޮލަމާފުށީގައި ދުއްވާ "ކޮލަމާ" ބޯޓު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ފަށާފައި ވަނީ ރޭ ދަންވަރުއެވެ. ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރު ކުރި އެ ބޯޓުގެ އެއްވެސް ހަބަރެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ނަމަވެސް ދެންމަ ފުލުހުން މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައި ބުނީ، ކޮލަމާ ބޯޓު ފެނިފައިވާ ކަމަށާއި އެ ބޯޓު ފެނިފައިވަނީ އެކެފަރަ ސަރަހައްދުން ކަމަށެވެ.

އަދި ބޯޓުގެ ކެޕްޓަން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރު ނިޔާވެފައި ވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި ފުލުހުން އެ ސަރަަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ދީފައި ވެއެވެ