މޯލްޑިވްސް އިމިގްރޭޝަނުން ބަލަމުން އަންނަ މައްސަލައެއްގައި ކޮލަމްބިއާގެ އަންހެނަކު އިމިގްރޭޝާނަށް ހާޒިރުވާން އަންގައި އިއުލާން ކޮށްފިއެވެ.
އިމިގްރޭޝަނުން ހޯދަނީ އުމުރުން 35 އަހަރުގެ ލައުރާ މާސޭޑީސް ގުއެރާ އެސްކުއެދުރޯއެވެ. އިމިގްރޭޝަނުން ބުނީ، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ހާޒިރުވުމަށް އަންގާ ކަމަށެވެ.
އެގޮތުން އެ އިދާރާގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް ހެނދުނު 8:00 އާއި 2:00 އާ ދެމެދުގެ ވަގުތެއްގައި ހާޒިރުވުމަށް އަންގާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އަދި އެ މީހާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އެ އިދާރާއަށް ގުޅައިގެން އަންގައިދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އެ އަންހެން މީހާ ހޯދަމުން ދަނީ ކޮން މައްސަލައަކާ ގުޅިގެން ކަން އަދި ސާފެއް ނުވެއެވެ.