މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތައް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ޕޯސްޓު އޮފީހުން ބުނީ އައިޓަމް ޑެލިވަރީ އެޑްރެސް ހޯދުމަށް ކަމަށް ބުނެ ސައްހަ ނޫން މެސެޖުތަކެއް ދައުރުވަމުން ދާ ކަމަށާއި، ނަމަވެސް ޕޯސްޓް އޮފީހުން ޑެލިވެރީ އެޑްރެސް ހޯދުމަށް ކަމަށް ބުނެ މިފަދަ އެއްވެސް މެސެޖެއް ނުކުރާނެ ކަމަށެވެ.

އެއާއެކު ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް މިފަދަ ލިންކުތަކަށް ނުފިތުމަށްވެސް ޕޯސްޓް އޮފީހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރިއަށް އޮތް ބޮޑު އީދާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ޓެމޫ ފަދަ އޮންލައިން ވިޔަފާރިތަކުން ގިނަ އަދަދެއްގެ ތަކެތި ވަނީ އޯޑަރަށް ޖަހާފައެވެ. ޕޯސްޓް އޮފީހުގެ ޕެކޭޖުތައް ގިނަވެ، ޕެކޭޖު ލިބުމުގެ ލަސްތަކެއް ވާތީ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޝަކުވާވެސް ކުރަމުންނެވެ. މި ދަނޑިވަޅުގައި ޓެމޫގެ ބައެއް ޕެކޭޖުތައް ގެއްލުނީ ކަމަށް ބުނެވެސް ސޯޝަލް މީޑިއާގައި ވަނީ ވާހަކަތަކެއް ދައުރުވެފައެވެ.

https://www.facebook.com/share/p/12LWL6XQdgU/?mibextid=wwXIfr

ނަމަވެސް ސީޕެކްސް އިން ވަނީ ޓެމޫގެ ޕެކޭޖުތަކުގެ ރައްކާތެރިކަން ކަަށަވަރު ކޮށްދީފައެވެ.