ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ވެސް ދަމަހައްޓައިފިއެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން ޝަމްއާން ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ.

ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ. އަދި ތަހުގީގީ އިދާރާތަކުން ހުށަހެޅި ހުށަހެޅުންތަކާއި ގުޅިގެންނާއި، ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ބެލެވޭތީ، ފަހުން ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެއެވެ.

ޝަމްއާންގެ ބަންދުކުރަން ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލާގައި ޝަމްއާންގެ ފަރާތުން އެދިފައި ވަނީ ޝަމްއާންގެ މައްޗަށް ހިންގާ ތަހުގީގުގައި އޭސީސީގެ ދައުރެއް ނެތުމާއި އެ މައްސަލަ ފުލުހުންގެ މުއައްސަސާއިން އެކަނި ތަހުގީގު ކުރުމަކީ ޖިނާއީ އިޖުރާތާ ހިލާފު ކަމެއްކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ހައިކޯޓުގެ އަމުރުގައި ވަނީ އެއީ ޖިނާއީ އިޖުރާތާ ހިލާފު ކަމެއް ނޫން ކަމަށް ނިންމާފައެވެ.

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރަން ކުރުމަށް ކުރި އަމުރުގެ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވަރުގެ ބުރަދަން ހުރި ގާނޫނީ ބަހުސެއް ޝަމްއާންގެ ފަރާތުން ދެއްކިފައިނުވާކަން ފާޖަހަކޮށް ހައިކޯޓުން ނިންމާފައި ވަނީ ޝަރީއަތް ޝަމްއާން ބަންދުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްނުކުރުމަށެވެ.