ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތް ތެރިންގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް ހިންގާ ރެއިޑް އޮޕަރޭޝަންގެ ތެރެއިން މި މަހު ޖުމްލަ 38 ބިދޭސީން އަތުލައިގެންފިއެވެ.
މި ރެއިޑްއާ ގުލޭ ގޮތުން އިމިގްރޭޝަން އިން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އިއްޔެ ހުޅުމާލެ ފޭސް 1 އަދި 2 ގައި ހިމެނޭ 4 ކެފޭއެއް ބަލައި ފާސްކޮށްފައި ވެއެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 5 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މިއާއެކު މި މަހު ހިންގި ރެއީޑްތަކުން އަތުލައިގެންފައިވާ ބިދޭސީންގެ ޖުމްލަ އަދަދު މި ވަނީ 38 އަށް އަރާފައެވެ.
މި މަހުގެ ހިންގި ރެއިޑް އޮޕަރޭޝަންތައް:
- 3 އޭޕްރީލް: އާންމި ސިއްހަތަށް ނުރައްކާވާގޮތަށް ހިންގަމުންދިޔަ ކެފޭއަކުން 11 މީހުން އަތުލައިގެން
- 6 އޭޕްރީލް: މާލޭގެ ކެފޭ، ހޮތާ އަދި ޓެކްއަވޭން ސައްހަ ވިސާ ނެތް 6 މީހުން އަތުލައިގެން
- 7 އޭޕްރީލް: ހުޅުމާލޭގެ އެކޮމޮޑޭޝަން 4 ބްލޮކްއަކުން 8 މީހަކު އަތުލައިގެން
- 8 އޭޕްރީލް: ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީޓަމިންލ ސަރަހއްދު ބަލައި 8 މީހަކު އަތުލައިގެން
- 9 އޭޕްރީލް: ހުޅުމާޅެ ފޭސް1 އަދި 2 ގެ 4 ކެފޭ ބަލައި 5 މީހުން އަތުލައިގެން
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިދިޔަ އހަަރު ފެށީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ.
އަދި މި މަސައްކަތުގައި މި އަހަރުގެ އަމާޒަކީ އެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކޮށް، މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު އަތޮޅު ތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަތް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.