މޯލްޑިވްސް އިމިގްރޭޝަނުގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސާވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމަށްވާ ހެނދުނު 8 އިން މެންދުރު ފަހު 2 އަށް ބަދަލު ކޮށްފިއެވެ.
އިމިގްރޭޝަން އިން ބުނީ، އެ އިދާރާގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސާވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމުގައިވާ ހެނދުނު 8 އިން މެންދުރުފަހު 2 އަށް މިއަދުން ފެށިގެން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރަސްމީ މަސައްކަތު ގަޑި ބަދަލު ކުރި ކަމުގައި ވީ ނަމަވެސް އެ އިދާރާއިން ދެމުން ގެންދާ ހުރިހާ ހިދުމަތްތަކެއް މިހާރު ވެސް ދެމުންދާ ގަޑިތަކުގައި އާންމުންނަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަންގެ ރަސްމީ މަސައްކަތުގައި ބަދަލުކުރި އިރު، މީގެ ކުރިން އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން ހަވީރު 4 އަށެވެ.