ކުރީގެ އަނބިމީހާއަށް ބިރު ދައްކައި ބްލެކްމައިލް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 57 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 10 ދުވަހުގެ މުދަތެއް ޖަހާފައެވެ.
އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން އެމީހާގެ މައްޗަށް ތުހުމަތު ކުރާ ކަންކަމަކީ ހުއްދަ ނެތި ގެދޮރަށް ވަނުމާއި އޮރިޔާން ކާޑު ގެންގުޅުމާއި ބްލެކްމެއިލް ކުރުން އަދި ބިރުދެއްކުމެވެ.
އޭނާގެ ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި ކަމަށް ކޮންމެ ވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށް ވެސް އެ އަމުރުގައި ބުނެފައި ވެއެވެ. އަދި އޭނާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.