ވެލާނާ އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑިއުޓީ ފްރީ ސިނގިރޭޓްތަކެއް އެތެރެކުރަން އުޅުނިކޮށް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި ދެމީހުންގެ ތެރޭގައި ހިމެނޭ ފުލުހުންގެ ސާޖަންޓް ސަސްޕެންޑް ކޮށްފިއެވެ.

މި މަހޖުގެ 25 ވަނަ ދުވަހުގެ ހެނދުނު 6:20 ހާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓްތަކެއް ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 43 އަހަރުގެ މ. ސިލްވާ ނެސްޓް، އަހްމަދު އަފްސަލް އާއު އުމުރުން 38 އަހަރުގެ ދަފްތަރު ނަންބަރު އާރްއެސް 14358، ޔޫސުފް ނަޒީރެވެ. ނަމަވެސް މި މީުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

މި މީހުންގެ ތެރޭގައި ހިމެނޭ ޔޫސުފް ނަޒީރަކީ ފުލެކެވެ. ފުލުހުން ބުނީ، ސާޖަންޓް ޔޫސުފް ނަޒީރު ވަނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފައި ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.