މިއަހަރު ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7،632،214.03 ރުފިޔާ ބަލައިގެންފައިވެއެވެ. 2024 އަހަރު މި މުއްދަތުގެ ތެރޭގައި 4.6 މިލިޔަން ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާއިރު މިއީ ފާއިތުވި ހަތަރު އަހަރާއި އަޅާ ބަލާއިރު ބޮޑު އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް 6 ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެ އިންތިޒާމްތައްވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި އުރީދޫ އާއި ދިރާގު އަދި މޯލްޑިވްްސް އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް އަދި ފަހިޕޭ އެޕްލިކޭޝަން ހިމެނެއެވެ

ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާހަމައަށްވެސް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު ޒަކާތު ހައުސްއިން އިން ބުނީ ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ. މީގެ އިތުރުން މިމަހުގެ 22 ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން އިސްކަންދަރު ސްކޫލުގައި ކުރިއަށްދާނެކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ

ރާއްޖޭގައި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 9،041 މީހުން ރެޖިސްޓްރީ ކޮށްފައިވެ