ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ 3 މީހަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ، މި ތިން މީހުންނަކީވެސް ރާއްޖޭގެ ވޯކް ވިސާގައި އުޅެމުންދިޔަ 3 މީހުން ކަމަށެވެ.
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކާއި ލާއޮސްއަށް ނިސްބަތްވާ އަންހެނެކެވެ.
މީގެތެރެއިން 02 މީހަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު، އަނެއް ބިދޭސީ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ބިދޭސީންގެ ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވެސް އިމިގްރޭޝަނުން ވަނީ ހަށިވިއްކަމުން ދިޔަ ވިއެޓްނާމްގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފައެވެ.