ނަސީބުވެރި 10 ފަރާތަކަށް ހައްޖަށް ދިޔުމުގު ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.
ބީއެމްއެލް އިން ބުނީ މިހާރުވެސް އެ ބޭންކުގެ ކަސްޓަމަރުންނާއި އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭވެނެ ކަމަށެވެ.
ބީއެމްއެލްއިން އިން ހުރިހާ ހަރަދެއް ދިނުމަށް ހަަމަޖެހިފައިވާ މި ހައްޖު ދަތުރުގައި ޝަރުތު ހަމަވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭވެނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި ބީއެމްއެލް އިން ކަނޑައަޅާފައިވާ ކްރައިޓީރިއާ ފުރިހަމަވާ ކަސްޓަމަރުންނަށް ގްރޭންޑް ލަކީ ޑްރޯއަށް އޮޓޮމެޓިކުން ޝަރުތު ހަމަވާނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
- ޕްރޮމޯޝަން މުއްދަތުގައި ބީއެމްއެލް އިސްލާމިކް އާއި އެކު އެކްޓިވް ފައިނޭންސިން ފެސިލިޓީއެއް އޮތުން. މި ގޮތުން އަލަށް ގުޅާ ކަސްޓަމަރުންނާއި މީގެ ކުރިން އެކްޓިވް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެއެވެ.
- ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި ޖެހިޖެހިގެން 6 މަސް ދުވަހަށް ބީއެމްއެލް އިސްލާމިކް އެކައުންޓަކަށް މުސާރަ ޖަމާވުން.
- ބީއެމްއެލް އިސްލާމިކްއާއެކު ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއް (ކުޑަމިނުން 6 މަސްދުވަހުގެ މުއްދަތަށް) ހުޅުވާފައިވުން.
- އެކްޓިވް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑެއް އޮތުން
މި ފުރުސަތަކީ ބީއެމްއެލް އިސްލާމިކް ބޭންކިން ހިދުމަތްތައް ދެމުން އަންނަތާ 10 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުވާލި ފުރުސަތެކެވެ. މި ޕުރޮމޯޝަން ކުރިޔަށް ދާނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.