ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ ފަސް ބިދޭސީއަކު އަތުލައިގަނެ، އޭގެތެރެއިން އެކަކު ޑީޕޯޓުކޮށްލައިފިއެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގެ ދަށުން، ވިއެޓްނާމްގެ 4 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި 1 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އިތުރަށް އިމިގްރޭޝަނުން ބުނީ މި އެޖެންޓު އަދި މީގެ ތެރެއިން 3 އަންހެނުން ރާއްޖޭގައި އުޅެމުންދިއައީ ވޯކް ވިސާގައިކަމަށެވެ. މި މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްފަހު، މީގެ ތެރެއިން 1 އަންހެނަކު ޑިޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި ބާކީ ތިބި 4 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މިމަހުގެ 10ވަނަ ދުވަހުވެސް ވަނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީ ދެ އަންހެނަކު އަތުލައިގަނެ ޑީޕޯޓުކޮށްފައެވެ.
ގަންނަން ދިޔަ ދިވެހީންތައް ކޮބާ؟ ޙަމަ އެކަކުވެސް ހިފޭ ވަރެއް ނުވޭ