އުމުރާއަށް މީހުން ގެންދާކަމަށް ބުނެ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލި ގުރޫޕެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ 2024 ވަނަ އަހަރު އުމުރާ އަށް މީހުން ގެންދާނެކަމަށް ބުނެ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑް އިން 27 މީހުންގެ އަތުން 500000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ނަގާ މަކަރާއި ހީލަތް ހަދައި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ވަނީ ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރަނީ މަސްއަރު ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ވެރިޔާ ކ.މާލެ / މ. ހަވީރީފިނި އަލީ ފާރިޝްގެ އިތުރުން އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑާއި، ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި، ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްޗަށް ވެސް ދައުވާކޮށް ދިނުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ ކުރިންވެސް އެ ގުރޫޕާއި ގުޅޭ މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އަލް މަޝްއަރް ގްރޫޕްގެ ޗެކްތަކެއް ބައުންސްވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުވަނީ ފޮނުވާފައެވެ.