މުސާރަ ނުދޭކަމަށް ބުނެ މާލޭގެ ގްރީން ޒޯނުގައި އިހްތިޖާޖުކުރި 55 ބިދޭސީއަކު އެމީހުންގެ ހައްގުތައް ގެއްލިފައިވާކަމަށް ބުނެފައިވުމާއެކު، ލޭބަާ ރިލޭޝަންސް އޮތޯރިޓީއިން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ ގްރީން ޒޯނުގައި މުޒާހަރާކުރި 55 ބިދޭސީން ފުލުހުން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށާއި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިވަގުތު ބަލަމުން ދާ ކަމަށެވެ. އަދި މި ބިދޭސީންނާ މެދު އަޅަންޖެހޭ ފިޔަވަޅެއް އަޅާނީ މައްސަލަ އެއްކޮށް ތަހުގީގުކޮށް ނިމުމުންކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ރާއްޖޭގައި އުޅޭ އެއްވެސް ފަރާތަކަށް ރާއްޖޭގައި ހެދިފައިވާ ގަވާއިދުތަކާއި ހިލާފުވާން ފުރުސަތު ނުދޭނެކަމަށާއި، އެފަދަ ފަރާތްތަކާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އަމަލު ކުރާނެ ކަމަށެވެ.

މިއަދު ބިދޭސީން ކުރި މި އިހުތިޖާޖުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުންނެވެ. ފުލުހުން ބުނީ މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް މުލިއާގެއާ ހިސާބުގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާ މައްސަލައަށް ފުލުހުން އެޓެންޑުވެ އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ބިދޭސީން ލައްވާ ކުރުމަށްފަހު މުސާރަނުދޭ މައްސަލަތަކެއް މީގެކުރިން ވެސް ވަނީ ފެންމަތިވެފައެވެ.