އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅޭ 5 ގެއެއް ބަލައި ފާސްކޮށް 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަން އިން ބުނީ، މިއީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ބަލައި ފާސްކުރި ތަންތަން ކަމަށެވެ. އެ ގޮތުން މާލޭގެ 5 ގެއެއް ބަލައި ފާސްކޮށް 3 ބިދޭސިއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށް ވެސް ބުނެފައި ވެއެވެ.

މި ތަންތަނުގެ ފޮޓޯ އިމިގްރޭޝަނުން އާންމު ކޮށްފައިވާ އިރު، އެއް ފޮޓޯއިން ފެންނަނީ 8 ގޭސް ސީލިންޑަރު މަތިމައްޗަށް ބަހައްޓާފައިވާ މަންޒަރެވެ. އަދި ސާފުތާހިރުކަން ކުޑަ ބަދިގެއެއްގެ ފޮޓޯ އާންމުކޮށްފައިވާ އިރު، އަނެއް ފޮޓޯގައި ފެންނަނީ މޭޒެއްގެ މަތީގައި ފިހެފައި ހުރި ރޮށިތަކަކާއެކު ރިހަ ފަދަ ޒާރުގެ އެއްޗެއް އަޅައި ބަންދުކޮށްފައި ހުރި ކޮތަޅުތަކެއް ބަހައްޓާފައިވާ މަންޒަރެވެ.

އިއްޔެ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގެ ތެރެއިން

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަދި އާންމު ސަލާމަތަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ފަށާފައި ވާއިރު، މި މަހުގެ 12 ވނަ ދުވަހުވެސް އިިގްރޭޝަނުން ވަނީ މަލޭގެ 5 ގެއެއް ބަަލއި ފާސްކޮށް 5 ބިދޭސީއަކު އަތުލައިގެންފައެވެ.

މިހާރު އިމިގްރޭޝަނުން ގެތައް ބަލައި ފާސްކުރާ އިރު އެތަންތަނުގައި ގިނަ އަދަދުގެ އުނދުން ބަހައްޓައިގެން ކައްކާ މަންޒަރު ވެސް ފެންނަން ހުރެއެއެވެ. އަދި ކުދި ތަންތަންކޮޅުގައި ގިނަ ބަޔަކު ދިރިއުޅޭ އިރު، އެތަނުގެ ސާފުތާހިރުކަން ކުޑަކަން ވެސް ފާހަގަ ކުރެވެއެވެ.