ސޯސަން މަގުގައި ހުރި ކެފޭއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ސޯސަން މަގުގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދަނީ މި އަލިފާނުގެ ހާދިސާގެ ވީޑިއޯތައް ދައުރުވަމުންނެވެ. ވީޑިއިން ފެންނަ ގޮތުގައި އެ ތަނުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައި ވާއިރު އެ ސަރަހައްދަށް ގިނަ ބަޔަކު ވަނީ އެއްވެފައެވެ.

މި އަލިފާން ގަނޑު އަދިވެސް ނިއްވާލެވިފައެއް ނުވެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.