ކުޅުދުއްފުއްޓަށް ދަތުރުކުރި ބޯޓެއް ބަލާ ފާސްކޮށް، މި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި 09 މީހުންނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ،

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުން ދިއުމާ ގުޅިގެން، އިއްޔެ ލިބުނު މައުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިއަ ބޯޓެއްގައި ތިބި ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެން ކުރިއަށް ދިޔަ މި އޮޕަރޭޝަނުގައި، އެ ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި 09 މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ މި މައްސަލައާއި ގުޅިގެން ބޯޓުގެ ކެޕްޓަނަށް ލިޔުމުން ނަސޭހަތްދީފައިވާ ކަމަށާއި އަދި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.

އިމިގްރޭޝަނުން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައެވެ،