ކަނޑުގެ ބަނދަރުތަކުގައި ހުންނަންޖެހޭ މުހިންމު ވަސީލަތްތަކުގެ ތެރެއިން ބަނދަރުތަކުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާ މެޝިނަރީތައް ބޭނުންވާ ވަރަށް ބަނދަރުތަކުގައި ނެތް ކަމަށާއި ބަނދަރުތަކުން ކޮންމެހެން ލިބެންޖެހޭ ހިދުމަތްތައް ލިބެން ނެތްކަމަށް ކަނޑުމަގުން އެތެރެކުރާ މުދާކްލިއާ ކުރުމުގައި އަމަލުކުރާ ގޮތުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދިވެހިރާއްޖެއަށުް ކަނޑުމަގުން މުދާ އެތެރެކުރަމުން އަންނަ އެއްވެސުް ބަނދަރެއްގައި ކޮންޓެއިނަރު ސްކޭން ކުރެވޭނެ ވަސީލަތް ގާއިމު ކޮށްފައިނުވާކަމަށެވެ. އެހެންކަމުން ރާއްޖޭގައި ކަނޑުގެ ބަނދަރުތަކަށް ބަލާ މުދާ ބަލައި ފާސްކުރުމުގައި ގިނަ މުދާތައް ބަލައި ފާސްކުރަން ޖެހިފައިވަނީ ސްކޭން ނުކޮށް ކަމުގައިވާތ،ީ ރާއްޖެއަށް އެތެރެކުރެވޭ މުދަލާއެކު މަސްތުވާތަކެއްޗާއި ރާއްެޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވުމަށް މަގުފަހިވެފައިވުމާއި ކޮންޓެއިނަރުތަކުގައި ޑިކްލެއަރުނުކޮށް މުދާ އެތެރެކޮށް، ދައުލަތަށް ލިބެންޖެހޭ އިމްޕޯޓް ޑިއުޓީ ގެއްލިގެން ދިއުމަށް މަގުފަހިވާކަމަށެވެ.

މީގެ އިތުރުން އެ ރިޕޯޓުގައިވަނީ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމުު ގަވައިދުު ތަންފީޒުު ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށެވެ. ނުރައްކާތެރި ކާގޯކަމުގައިވާ ކެމިކަލް ފަދަ ތަކެތި ރައްކާކުރުމަށް އެކަށީގެންވާ އިންތިޒާމުތައް ހަމަޖެހިފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިއެވެ. މީގެ އިތުރުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:

- މުދާ ބަލައި ފާސްކުރާ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް މަސައްކަތްކުރުމަށް އެކަށީގެންވާ ރައްކާތެރި މަހައުލެއް ގާއިމުވެފައި ނެތުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ.

- މުދާ ބަލައި ފާސްކުރުމުގެ މަސައްކަތުގައި ޝާމިލުވާ މުއައްސަސާތަކުގެ މެންޑޭޓުގައިވާ މަސައްކަތްތައް ކުރުމަށް ބަނދަރުތަކުނުް ބޭނުންވާ ޖާގަ މުއައްސަސާތަކަށް ލިބިފައި ނެތވުން. އެ ގޮތުން ބޯޓުތަކުން ކޮންޓައިނަރުތައް ބޭލުމަށްފަހު ބަހައްޓާ ޖާގަ ކުޑަވުމުން ޑޮކްޓަރީ ބޭހާއި، ބޭހުގެ ބާވަތްތަކާއި ކާބޯތަކެތީގެ ބާވަތްތައް ބަލާ ފާސްކުރާނެ ވަކި ޖާގައެއް ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

މި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހުކުރުމަށް ލަފާދީ ބުނެފައިވަނީ ދިވެހިރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް މި ބަނދަރުތައް ހިންގާނެ ގާނޫނެއް އަދި ގަވައިދެއް ހަދަންޖެހޭ ކަމަށެވެ. އަދި ބަނދަރުގައި ހުންނަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ގާނޫނެއް އަދި ގަވައިދަކުން ކަނޑައަޅަންޖެހޭކަމަށެވެ.