މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ހުސްވެފައިވާ ކައުންސިލަރުންގެ މަގާމުތަކަށް އާ ކައުންސިލަރުން އިންތިހާބުކުރުމަށްޓަކައި މިއަދު ބާއްވާ ބައި-އިލެކްޝަންގައި ވޯޓު ލީ އެންމެ 26 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ބުނީ 4 ޖެހުމާއި ހަމައަށް ވޯޓު ލީ 26.91 އިންސައްތަ މީހުން ކަމަށާއި ވޯޓު ނުލާ 73.09 އިންސައްތަ މީހުން ތިބި ކަމަށެވެ.

މިއަދު ބައި-އިލެކްޝަނެއް ބާއްވަނީ ދެ ކައުންސިލަކަށް ރައީސުންނާއި ދެ ސިޓީއަކަށާއި ރަށަކަށް ކައުންސިލަރުންނާއި ދެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށެވެ. އެއީ:

  • ޅ. އަތޮޅު ކައުންސިލްގެ ރައީސް
  • ފ. ބިލެތްދޫ ކައުންސިލްގެ ރައީސް
  • ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު
  • ރ. ހުޅުދުއްފާރުގެ ކައުންސިލަރު
  • ރ. ރަސްމާދޫގެ އަންހެން ކައުންސިލަރު
  • ހުޅުމާލޭގެ ކައުންސިލަރު
  • ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު
  • މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު

ބައެއް ކައުންސިލަރުންގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ބައެއް ކައުންސިލަރުން، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާ ގުޅިގެންނެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 13،112 މީހުން ތިބި އިރު އެއީ 6409 އަންހެނުން އަދި 6703 ފިރިހެނުންނެވެ.