ނ. މާފަރުގައި ފެނާއި ނަރުދަމާގެ މަޝްރޫއުގެ ޓެސްޓްކުރުމާއި ކޮމިޝަންކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމާއި، އާރްއޯ ޕްލާންޓާއި ސްޓޯރޭކް ޓޭންކް ބެހެއްޓުމާއި އަދި ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 1 އަހަރު ދުވަހުގެ މުއްދަތަށް ދައުލަތުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް 4 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ ގޮތުން މާފަރުގައި ފެނާއި ނަރުދަމާގެ މަޝްރޫއަކީ 94 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޗްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އޭރު ހަވާލު ކުރި މަޝްރޫއުތަކުގެ ތެރޭގައި 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ.