ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:34 އެހާކަތްހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ފުޓްސަލް ދަނޑުގައި ހިނގި އަލިފާނުގެ ހާދިސާގެ އިތުރުން މިއަދު ވަނީ ހެންވޭރު ކާނިވާ ސަރަހައްދުގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑް ކައިރީގައި ހުރި ސައިކަލެއްގައި ވެސް އަލިފާން ރޯވެ ވަރަށް ބޮޑަށް އަދާފައެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުން އެ ސަރަހައްުދުގައި ވަަރށް ބޯޑަށް އަލިފާން ރޯވެ ދުން އަރަމުން އަންނައިރު، އެ ސަރަހައްދުން މީހުން ދުރުކުރުމަށް ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ފުލުހުން ބުނީ މި ސައިކަލުގައި ބަޔަކު ގަސްދުގައި ރޯކޮށްލި ކަމުގެ އެއްވެސް ހެއްކެތް މިހާތަނަށް ފެނިފައި ނުވާކަމަށެވެ.