ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން، ފުޓްބޯޅަ ލެޖެންޑް ޖޭޖޭ އޮކޯޗާ އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

އުރީދޫއިން ބުނީ މި ދަތުރަކީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު، ޕީއެސްޖީ އާއި އޮތް ޕާޓްނާޝިޕްގެ ސަބަބުން މަގުފަހިވެގެންދިޔަ ދަތުރެއް ކަމަށެވެ.

އޮގަސްޓީން އަޒުކާ "ޖޭ-ޖޭ" އޮކޯޗާ (އުފަންވީ 14 އޮގަސްޓް 1973) އަކީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ނައިޖީރިއާގެ ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1993 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ނައިޖީރިއާގެ ގައުމީ ޓީމަށް 73 ކެޕް ކާމިޔާބުކޮށް، 14 ލަނޑު ކާމިޔާބުކޮށް، ފީފާ ވޯލްޑް ކަޕްގެ ތިން ސްކޮޑުގައި ހިމެނިފަ އެވެ. އޭނާ ފާހަގަކުރެވެނީ އެފްރިކާގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ހިތްގައިމު ހުނަރާއި އާދަޔާ ހިލާފު ޕްލޭމޭކިން ގާބިލުކަމަށް މަޝްހޫރު ޖޭ-ޖޭ އޮކޯޗާ ރާއްޖޭގައި ހުންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށެވެ. އޮކޯޗާގެ މި ދަތުރުގައި ކޮމިއުނިޓީ ހަރަކާތްތަކުގައި ބައިވެރިވެ، ރާއްޖޭގެ ރީތިކަން އޭނާގެ ފޭންބޭސްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕީއެސްޖީގެ ފޮލޯވަރުންނަށް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.

މި ދަތުރުގައި އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:

އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު: ޖޭޖޭ އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދުމަށް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސޯޝަލް މީޑިއާ ކޮންޓެސްޓުގައި ހޭޝްޓެގް ބޭނުންކޮށްގެން ބައިވެރިވެވޭނެއެވެ. #PSGLegendinMV މި ކޮންޓެސްޓުގައި 10 ޖޫންއާ ހަމައަށް ބައިވެރިވެވޭނެއެވެ. މި ކޮންޓެސްޓުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ 5 ފަރާތަށް ޖޭޖޭ އޮކޯޗާ އާއެކު ފުޓްސަލް މެޗެއް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދިނެވެ.

ޕީއެސްޖީ އެކަޑަމީ ސެޝަންސް: ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ޕީއެސްޖީ އެކަޑަމީގެ 2 ޓްރެއިނިން ސެޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްދާނެއެވެ. މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޕީއެސްޖީ އެކަޑަމީގެ 2 ކޯޗުންނާއި އެކުއެވެ.

ވިން އަ ޓްރިޕް ޓު ލާމު: ސުޕާނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބާ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯ ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރާ ފަރާތްތަކަށް މި ލަކީ ޑްރޯގެ އޮޓޮމެޓިކުން ބައިވެރި ވެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ. ގުރުވަތުން ހޮވޭ ދެ ނަސީބުވެރިންނަށް އުރީދޫ ފަން ރަންގައި ބައިވެރިވެ، ޖޭޖޭ އޮކޯޗާއާ ބައްދަލުކުރުމަށް ލާމު އަތޮޅަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެއެވެ.

އުރީދޫ ފަން ރަން – ލާމު އެޑިޝަން: ޖޭ ޖޭ އޮކޯޗާ މިމަހުގެ ފަސް ވަނަ ދުވަހު ލ. ގަމުގައި ބާއްވާ އުރީދޫ ފަން ރަންގައިވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ރަޖިސްޓްރީކުރުމުގެ ފުރުސަތު 10 ޖޫން 2024 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. .

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދު އިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.