ބޯޑަރު މައްސަލައިގައި އަރާރުންވާ އިންޑިއާ އާއި ޗައިނާގެ ސިފައިން ސޫދާނުގައި ވާދައަށް ވާދަމައިފިއެވެ.
ވާދެމުމުގެ މުބާރާތުގައި ދެކޮޅުގައި ދެޓީމު އޮވެގެން ވާދަމާހެން އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިން ވާ ދަމާ މަންޒަރުތައް ފެންނަ ވީޑިއޯ ކްލިޕްތައް ވައިރަލް ވެފައި ވާ އިރު މި ވާދައިގައި މޮޅުވީ އިންޑިއާގެ ސިފައިންނެވެ.
އާބާދީގެ ގޮތުންނާއި އަސްކަރީ ގޮތުން ޗައިނާ އާ ވާދަ ކުރަން ނިކުމެ އޮންނަ އިންޑިއާ ސިފައިންގެ ފަރާތުން މި އިވެންޓުގައި އާދަޔާ ހިލާފު ހިތްވަރު ފެނިގެން ދިޔަ ކަމަށް ހަބަރުތަކުން ބުނެއެވެ. އެއީ ޓީމް ވޯކާއި ބާރު ދައްކާލައި ކުޅިވަރެއް ނަމަވެސް އެ އިވެންޓް މުހިންމުވެގެން ދިޔައީ އަބަދުވެސް ވާދަވެރިކަން އޮންނަ އިންޑިއާ އާއި ޗައިނާގެ ސިފައިންނާ ދެމެދު ކުރިއަށް ދިޔަ އިވެންޓަކަށް ވުމުންނެވެ. އެ ކާމިޔާބީ އަކީ އިންޑިއާގެ ސިފައިންނަށް ފަހުރެކެވެ.
ސޫދާނުގައި ގާއިމުވެ ތިބޭ އދ ގެ ސުލްހަބަލަހައްޓާ ލަޝްކަރުގެ ތެރޭގައި ހިމެނިގެން އިންޑިއާ އާއި ޗައިނާ ސިފައިން މަސައްކަތް ކުރަމުން ދެއެވެ.
2005 އިން ފެށިގެން ސޫދާންގައި ސުލްހަ ބަލަހައްޓާ އދ ގެ ފައުޖެއް އޮންނަ އިރު އިންޑިއާ ސިފައިންގެ ދައުރަކީ, ސުލްހައަށް އެހީތެރިވުމާއެކު އެކިއެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އިންސާނީ ހައްގުތައް ކުރިއަރުވާ ޕްރޮމޯޓު ކުރުމާއެކު ސޫދާނުގައި އޮންނަ އެފްރިކަން ޔޫނިއަން މިޝަންއަށް އެހީތެރިވުމަކީ ވެސް އެމީހުންގެ ދައުރުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަން އަމިއްލަ ވަޒަނާ ހަމައިން ފެށިފައިވާ އިރު, ޗައިނާ އާ އެއްއިންވާ ބޯޑަރު ސަރަހައްދުގައި ދެގައުމުގެ ސިފައިން ދޭތެރެ ދޭތެރެ އިން ކުރިމަތިލައި ތަޅާފޮޅާ ހަދައެވެ. ބައެއް ހާދިސާތަކުގައި ދެފަރާތުން ސިފައިން މަރުވެފައި ވެސް އެބަހުއްޓެވެ. މި ދެގައުމު ބޯޑަރު މައްސަލައިގައި އަރާރުންވާ ގޮތަށް ޕާކިސްތާނަކީ ވެސް ބޯޑަރު މައްސަލައިގައި އިންޑިއާ އާއި އަދި ޗައިނާ އާ ވެސް އަރާރުންވާ ގައުމެކެވެ.
ތީ ސަޅި ޕްރޮމޯޝަނެއް ކޮންމެ ވަރިއަކަށް ދެ ކައިވެނި ހިލޭ