ރަށްވެހި ދަނޑުވެރިކަން މަޝްރޫއަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ރަށްވެހި ދަނޑުވެރިކަން ނުވަތަ ކޮމިއުނިޓީ އާބަން ފާމިންގެ މަޝްރޫއަށް ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަން އިއުލާނުކޮށްފައެވެ.

އެޗޗްޑީސީ އިން ބުނީ މިފަދައިން ފޯމު ހުށަހެޅުމަށް ހުޅުވަލެވިފައިވަނީ ހަމައެކަނި ޒުވާނުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކެޓަގަރީ އިން އެކަނި ކަމަށެވެ.

އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެ ކިޔުންތައް އެޗްޑީސީގެ އީމެއިލް އެޑްރެސް އަށް ފޮނުވުމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީ އިން ބުނީ ފޯމު ލުމުގެ ސުންގަޑި އަކީ ޖޫން 12 ވަނަ ދުވަހުގެ 23:59 ކަމަށެވެ. އެޗްޑީސީ އިން ބުނީ މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ވެބްސައިޓުން ނުވަތަ އެޗްޑީސީގެ ހޮޓްލައިން 3353535 އަށް ގުޅުއްވާ އެ މައުލޫމާތެއް ސާފު ކުރެއްވުމަށެވެ.