ތޫފާން 'ރެމާލް' އިންޑިއާ އާއި ބަންގްލަދޭޝް އަށް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުން އެބަދެއެވެ.
ހަބަރުތައް ބުނާގޮތުން ބަންގްލަދޭޝްގެ ބައެއް ފަރުބަދަތައް ކަނޑައިގެންގޮސް ފެނާއެކު ކިސަޑު ފައިބަމުން ދާ އިރު ޖެހުމުންދާ ބާރު ބަޔާއެކު ބައެއް ގަސްތައް އުފުރިގެން އެބަދެއެވެ. އަދި ބީ ވާރޭގައި ބައެއް މަގުތަކުގައި އެއްކޮށް ފެންބޮޑުވެފައި ވާ އިރު މިލިއަނެއްހާ މީހުން މިހާރު ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފިއެވެ.
ދެގައުމުގެ އިދާރާތަކުން ބުނީ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެ ފަރާތްތަކާއި އާމީންގެ އެހީގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތާއި ހާލުގައި ޖެހިފައި ވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
މި ތޫފާނުގައި ޖެހުމެނުން ދާ ވައިގެ ބާރުމިން ގަޑިއަކު 135 ކިލޯމީޓަރު (84 މޭލު) އަށް އަރައެވެ. އިންޑިއާގެ މީޓިއަރޮލޮޖީ ޑިޕާޓުމަންޓުން ބުނީ، ތޫފާނުގެ މިސްރާބު ހުރީ ވެސްޓް ބެންގާލްގެ ގޮނޑުދޮށާ ދިމާއަށް ކަމަށެވެ.
ތޫފާނުގައި 3.5 މިލިލީޓަރުގެ ވާރޭ ވެހުމާއެކު ވަޔާއެކު ކަނޑުގައި އުފެދޭ ރާޅުބާނީގެ އުސްމިން 2.5 މީޓަރާއި 3.7 މީޓަރާ ދެމެދު ވަރު ވާނޭ ކަމަށް ވެސް ބުނެފައި ވެެއެވެ.
އިރާދާތަކުން ބުނާގޮތުން ތޫފާނު އެންމެ ގިނައިން އަންނަ ބަންގްލަދޭޝްގެ ސަރަހައްދުތަކުގައި 2 މިލިއަނެއްހާ މީހުން ދިރިއުޅެއެވެ. މީގެ ތެރެއިން ބައިމިލިއަނެއްހާ މީހުން ދިރިއުޅެނީ ކްލޭ އިންނާއި ލަކުޑި އަދި ޕްލާސްޓިކް ޝީޓުތަކުން ހަދާފައި ހުންނަ ގޭގޭގައެވެ. ނުވަތަ ޖިފުޓި ތަކުގައެވެ.
ކަރަންޓުގެ ހިދުމަތާއި އެނޫންވެސް ޒަރޫޒީ އެފަދަ ހިދުމަތްތައް ލިބުން ދަތި މިސަރަހައްދަށް ފޯރާ ކަރަންޓު، އިދާރާތަކުން ކަނޑާލާފައި ވުމުން ގިނަ ބަޔަކު މިހާރުވެސް ތިބީ ކަނުއަނދިރީގައެވެ. އިދާރާތަކުން ބުނީ ކަރަންޓުގެ ހިދުމަތް ކަނޑާލީ ދިމާވެދާނެ އިތުރު އެކްސިޑެންޓަކުން އާންމުން ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މި ތޫފާނުގެ ނުރައްކާ ފޯރާނެ މީހުންގެ ތެރޭގައި މިޔަންމާގެ ދާހިލީ ހަނގުރާމަ އާ ހެދި ގައުމު ދޫކޮށް ބަނގްލަދޭޝް އަށް ހިދުޖަކުރި ރޮހިންޖްޔާ މީހުން ދިރިއުޅޭ ކޮކޮސް ބާޒާރުވެސް ހިމެނެއެވެ. ދޭތެރެ ދޭތެރެއިން އަލިފާން ރޯވެ އެކިއެކި ގެއްލުންތައް މިހާރުވެސް ވަމުން އަންނަ މި ރެފިއުޖީ ކޭމްޕަކީވެސް ތޫފާނުތައް އަންނަ ސަރަހައްދުގައި އޮންނަ ތަނެކެވެ. މިތާނގައިވެސް މިލިއަނެއްހާ މީހުން ދިރިއުޅެއެވެ.