ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޕާކްކޮށްފައި އޮތް އުޅަނދެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ، އެ އުޅަނދު ޕާކްކޮށްފައި ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސަހަރާ ކުރިމަތީ މަގުގައި ކަމަށެވެ. އެ އުޅަނދުގައި ހަބަރު ހުސްވެފައި އޮތް މީހާ ފެނިގެން އެމީހާ ވަނީ ހުޅުމާލެ ހޮސްޕިތަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.
ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. އަދި އެއީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެމީހާގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަން ނުވަތަ ނޫން ކަން ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ އަދި މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.