ހުސްވެފައިވާ ކައުންސިލަރުންގެ މަގާމުތަކަށް އާ ކައުންސިލަރުން ހޮވުމަށް ބޭއްވި ހަ ބައި-އިލެކްޝަންގެ ތެރެއިން ހަތަރު ބައި-އިލެކްޝަން، ވެރިކަންކުރާ ޕީއެންސީން ކާމިޔާބު ކޮށްފިއެވެ.
މިއަދު ބާއްވާފައި ވަނީ އެއް ރަށުގެ ކައުންސިލްގެ ރައީސަކާއި ދެ ރަށެއްގެ އަންހެން ކައުންސިލަރުންނާއި ތިން ރަށެއްގެ ކައުންސިލަރުން ހޮވުމަށް ބޭއްވި އިންތިހާބެވެ. އެއީ:
- މ. މަޑުއްވަރީ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި އިންތިހާބު
- ހއ. ތަކަންދު އާއި ރ. އިންނަމާދު އަށް އަންހެން ކައުންސިލަރުން ހޮވުމަށް ބޭއްވި އިންތިހާބު
- ހއ. އުތީމާއި ނ. ވެލިދު އާއި އެ އަތޮޅު ލަންދު އަށް ކައުންސިލަރުން ހޮވުމަށް ބޭއްވި އިންތިހާބު
މި ބައި-އިލެކްޝަންގައި ޕީއެންސީން ހަ ކެންޑިޑޭޓުން، މައި އިދިކޮޅު އެމްޑީޕީން ފަސް ކެންޑިޑޭޓުން، އަދި ޑިމޮކްރެޓުންގެ ފަރާތުން ކެންޑިޑޭޓަކު ވާދަކުރިއެވެ. އެމްޑީޕީން ވާދަނުކުރީ މަޑުއްވަރީ ކައުންސިލްގެ ރައީސް ކަމަށް އެކަންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާ:
- މ. މަޑުއްވަރީ ކައުންސިލް ރައީސް:
- އަބްދުﷲ އަލީ (ޕީއެންސީ) - 144
- މުހައްމަދު އާޒިމް އަލީ (ޑިމޮކްރެޓްސް) - 194
- ހއ. ތަކަންދޫގެ އަންހެން ކައުންސިލަރު:
- ރަހުމާ އަބްދުﷲ (އެމްޑީޕީ) - 174
- ސަމީނާ މުހައްމަދު (ޕީއެންސީ) - 207
- ރ. އިންނަމާދޫގެ އަންހެން ކައުންސިލަރު:
- އައިޝަތު ސަމްހާ (ޕީއެންސީ) - 243
- ފާތިމަތު ސަމްހާ (އެމްޑީޕީ) - 78
- ހއ. އުތީމުގެ ކައުންސިލަރު:
- އިބްރާހީމް ސުނާން (ޕީއެންސީ) - 204
- މުހައްމަދު އައުފް (އެމްޑީޕީ) - 199
- ނ. ވެލިދޫގެ ކައުންސިލަރު:
- އަބްދުﷲ އަބްދުއްރައްޒާގް (ޕީއެންސީ) - 549
- އައިމިނަތު ޝިފާޒާ (އެމްޑީޕީ) - 449
- ނ. ލަންދޫގެ ކައުންސިލަރު:
- އަބްދުﷲ އާރިފް (އެމްޑީޕީ) - 303
- މުހައްމަދު ޝުޖާއު (ޕީއެންސީ) - 207
ފާހަގަކުރެވޭ ގޮތުގައި މިއީ މިދިޔަ ޖުލައި މަހު އުފެއްދި ޑިމޮކްރެޓުން ކާމިޔާބުކުރި ފުރަތަމަ އިންތިހާބެވެ.
މި ބައި-އިލެކްޝަންގެ ކުރިން މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ގިނަ ގޮނޑިތައް ކާމިޔާބުކުރީ ވެސް ޕީއެންސީންނެވެ. އެ ޕާޓީން ވަނީ އިންތިހާބުގައި ޖުމްލަ 66 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އަދި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުވި ހަ ކެންޑިޑޭޓަކު އެ ޕާޓީ އަށް ވަނީ ސޮއިކޮށްފައެވެ.