ފަރުމަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް 'ކަނޑުފަޅުގެ ނަފާ' ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނަށް ހުށަހެޅުމުގެ ފަހު ތާރީހު މާދަމާގެ ނިޔަލަށް ހަމަވާނެކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ކަނޑުފަޅުގެ ނަފާ ލޯނަށް ހުށަހެޅުމުގެ މުއްދަތު އެޕްރީލް މަހުގެ 30 ވަނަ ދުވަހަށް ހަމަވާނެކަމަށެވެ. މި ލޯނަށް އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭ އިރު މި ލޯނު ސްކީމުގެ ދަށުން 700،000 ރުފިޔާއާއި ހަމައަށް ދޫކުރާނެއެވެ.

ކަނޑުފަޅުގެ ނަފާ ލޯނު ޕްރޮގްރާމަކީ ފަރުމަސްވެރިކަން ކުރި އެރުވުމަށް އެސްޑީއެފްސީ އާއި ފިޝަރީސް މިނިސްޓްރީ ގުޅިގެން ފަރުމަސްވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މިލޯނުގެ މަގުސަދަކީ ފަރުމަސްވެރި ކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެއުމަށް އެހީތެރިވުން ކަމުގައި އެސްޑީއެފްސީ އިން ވަނީ ބުނެފައެވެ.

މި ލޯނު 10 އަހަރަށް ބަހާލައިގެން ދެެއްކޭއިރު ލޯނުގެ ގްރޭސް ޕީރިއަޑަކީ 06 މަސް ދުވަހެވެ. ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 50 ޕަސެންޓެވެ.