ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ހާއްސަ ޑޭޓާ ޕެކޭޖްތަކެއް ތައާރަފް ކޮށްފިއެވެ.

މި ނިންމުން ނިންމާފައި ވަނީ އިއްޔެ އުރީދޫ ހެޑްކުއާޓާސް ގައި ޓިކްޓޮކާ އެކު އުރީދޫން ވެފައިވާ ސްޓްރެޖިކް ޕާޓްނާޝިޕް އިއުލާން ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތިގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ، ޓިކްޓޮކާ އެކު ސްޓްރެޓެޖިކް ޕާޓްނާޝިޕް އިއުލާނު ކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ އެ ކުންފުނީގެ އަގުހުރި ކަސްޓަމަރުންނަށް ގްރައުންޑް ބްރޭކިން ސޮލިއުޝަންތަކާއި ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އުރީދޫ ހެޑްކުއާޓާސްގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޓިކްޓޮކް ކޮމިއުނިޓީ ކުރިއަރަމުން އަންނަ ރާއްޖޭގައި މި ކުންފުނީގެ އަމާޒަކީ ކުންފުނީގެ އެޑްވާންސް ނެޓްވޯކާއި އެކްސްކްލޫސިވް ޓިކްޓޮކް އޮފާތައް މެދުވެރިކޮށް އެކްސްޕްރެސްކޮށް، ކަނެކްޓްކޮށް، އެކްސްޕްލޯ ކުރުމުގެ ފުރުސަތު ހޯދައިދީ ބޭނުންކުރާ ފަރާތްތައް ބާރުވެރިކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޓިކްޓޮކް އެޕްލިކޭޝަން މެދުވެރިކޮށް ކަންކަން އުނގެނި ދަސްކުރާ ފަރާތްތަކަށާއި ޓިކްޓޮކްގައި ތަފާތު ވިޑިއޯތައްް އުފައްދާ އަޕްލޯޑް ކުރާ ފަރާތްތަކަށް ހާއްސަ ކޮށް ތަޢްރަފްކުރި ޕެކޭޖްތަކުގެ ތެރޭގައި ގަޑި އިރަކަށް، 24 ގަޑިއިރަށް، 7 ދުވަހަށް، 15 ދުވަހަށް އަދި 30 ދުވަހަށް ނެގޭ ޕެކޭޖްތައް ހިމެނެއެވެ. އެ ގޮތުން 400 ރުފިޔާއަށް 100 ޖީބީ ލިބޭ އިރު މި ޕެކޭޖްގެ މުއްދަތަކީ އެއްމަސް ދުވަހެވެ.

އުރީދޫން ބުނީ މި ޕެކޭޖްތައް ނަގަން ބޭނުންވާ ކަސްޓަމަރުން އުރީދޫ އެޕލްިކޭޝަން މެދުވެރިކޮށް ޕެކޭޖްތައް ހިޔާރު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން "ފްރީޓިކްޓޮކް" އެކްޓިވޭޓް ކޮށްލައިގެން ކޮންމެ މަހަކު ފްރީ 2 ޖީބީ ލިބޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ. މި ލިމިޓެޑް އޮފާ އެކްޓިވޭޓް ކޮށްލުމަށް މެސެޖް ކޮށްލަން ޖެެހެނީ 5555 އަށް "FreeTikTok" މެސެޖުގައި ލިޔެފައެވެ. މި އޮފާ ކުރިއަށް ދާނީ މއިަދުން ފެށިގެން އަންނަ ޖުލައި މަހުގެ ނިޔަކަށް ކަމަށް ވެސް އުރީދޫން ބުނެއެވެ.