ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރުގެ އެކްޓިން ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު "އެނިމަލް" ގެ ދެވަނަ ބައި "އެނިމަލް ޕާކު"ގެ ޝޫޓިން 2026 ވަނަ އަހަރު ފަށަން ނިންމައިފިއެވެ.

ކުރިން މި ފިލްމު އެ އަހަރު ރިލީޒްކުރަން ނިންމި ނަމަވެސް މިހާރު އެ ފިލްމު އެއަހަރު ޝޫޓްކުރަން ފަށަން ނިންމުމާއެކު ފިލްމު އަޅުވާ ތާރީހަށް ބަދަލު އައުން ވަރަށް ގާތެވެ. ބޮކްސް އޮފީހުގައި މި ފިލްމު ބޮޑު ކާމިޔާބީއެއް ހޯދިއިރު މި ފިލްމު މިހާރު ވަނީ ނެޓްފްލިކްސް ސްޓްރީމިންއަށް ދޫކޮށްލާފައެވެ. އެނިމަލް ޕާކު ގެ ނަމުން ނަން ދީފައިވާ މި ފިލްމުގެ ދެވަނަ ބައިގެ ސްކްރިޕްޓްގެ މަސައްކަތް ޑައިރެކްޓަރު ސަންދީޕް ވެންގާ ރެއްޑީ މިހާރު ފަށާފައިވާއިރު މި ފަހަރުގެ ފިލްމުގައި ރަންބީރު ޑަބަލް ރޯލު ކުޅޭނެ ކަމަށް ބެލެވެއެވެ. ސަންދީޕް ބުނީ މި ފިލްމުގެ ސްކްރިޕްޓް އެންމެ ފުރިހަމަކުރުމަށް ދުވަސް ބޭނުންވާ ކަމަށާއި ބޭނުންވަނީ ފުރަތަމަ ފިލްމަށްވުރެ ދެވަނަ ފިލްމު ވަރުގަދަވުމަށެވެ.

ދަރިފުޅަށް ބައްޕަގެ ފަރާތުންދޭންޖެހޭ ލޯތްބާއި އަޅާލުން ނުލިބުމުގެ ސަބަބުން، ދެބަފައިންގެ މެދުގައި ހިނގާ ކަންތައްގަނޑެއް މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގައި ދަރިފުޅުގެ ރޯލު ރަންބީރު ކުޅޭއިރު ބައްޕަގެ ރޯލު ކުޅެނީ އަނިލްއެވެ. އެކްޓަރު ރަންބީރުގެ ފިލްމީ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް "އެނިމަލް" މިހާރުވެފައިވާއިރު މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއްވެސް ފެނިގެންދާނެ ފިލްމެކެވެ. ސަންދީޕް ވެންގާ ރެއްޑީގެ ޑައިރެކްޓްކުރި މި ފިލްމުގެ ސަޕޯޓިން އެކްޓްރަސްގެ ރޯލު ކުޅުނު ޓްރިޕަޓީގެ އެކްޓިން ވަނީ ގިނަ ބަޔަކު ފާހަގަކޮށްފައެވެ. ވެ. އެނިމަލް ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 917.31 ކްރޯޑް ރުޕީސް (110 މިލިއަން ޑޮލަރު)ގެ ބޮޑު އާމްދަނީއެއް ލިބިފައެވެ. މި ފިލްމު އުފެއްދީ 12 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.