މ. ރަތްމާދޫ ބޭރުން ފަރުމަހަށް ނުކުމެ އުޅެނިކޮށް ގެއްލިފައިވަނީ ޖުމްލަ ތިން މީހުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ.
އޭޕްރީލް 19، 2024 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލުމާއެކު "ފަރިހި 2" ނަމަކަށް ކިޔާ މި ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓް 114 ލޯންޗު ރޭގައި މަސައްކަތް ފަށާފައިވަނީ ރޭގެ 23:20 ހާއިރުއެވެ.
އަދި އޭރު ގެއްލިފައިވަނީ ދެ މީހުން ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ހިއްސާ ކޮށްފައެވެ.
ނަމަވެސް އެމްއެންޑީއެފް އިން މިއަދު ބުނީ ގެއްލިފައިވަނީ ތިން މީހުން ކަމަށެވެ. އަދި އެ ތިން މީހުން ހޯދުމަށް އެމްއެންޑީއެފް ވައިގެ ބާރުން މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
މިއީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި އެމްއެންޑީއެފުން ޑްރޯން ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.