ޖަޕާނުގެ ބެލްޓް ޓްރެއިން އަކީ ސީދާ ގަޑިއަށް ފުރާ އަދި ސީދާ ގަޑިއަށް މަންޒިލަށް ދަތުރުކުރުމުގައި މަޝްހޫރުކަން ހޯދާފައި ވާ ރެއިލް އެކެވެ.

އިއްޔެ ޖަޕާނުގެ ނަޖޯޔާއިން ޓޯކިޔޯ އަށް ޓްރެއިން ކުރި ދަތުރުގައި ޓެރެއިންގެ ކޮމްޕާޓްމަންޓަކުން ހަރުފައެއް ފެނި ދަތުރުތައް ހުއްޓުނެވެ. ނަމަވެސް އެއީ އެންމެ 17 މިނެޓަށެވެ.

އޮފިޝަލުންގެ ހުށިޔާރު ކަމުން ހަރުފަ އަތުލައި އަލުން ވަނީ ދަތުރުރައް ފަށާފައެވެ.

ޖަޕާންގެ ބްލެޓް ޓްރެއިން ހުއްޓުވާލި ހަރުފަ ދައްކާލަނީ

މިހާދިސާގައި އަތުލި ހަރުފަ އަކީ 16 އިންޗި ހުރި ހަރުފައެއް ކަމަށާއި އެއީ ވިހަ ހަރުފައެއް ނޫން ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

މިހަރުފަ ޓެރެއިންގެ ތެރެއަށް ވަން ގޮތެއް ދެނެގަތުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން ދާ އިރު އެ ހާދިސާ އާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ލަސްވެގެން ދިޔަ ދިޔުމުގެ އަސަރު 600 އަށް ވުރެ ގިނަ މީހުންނަށް ކުރިކަމަށް އޮފިޝަލުން ބުނެއެވެ.

ޖަޕާންގެ ބްލެޓް ޓެރެއިން އަކީ ގަޑިއަކު 320 ކިލޯމީޓަރުގެ ބާރުމިނުގައި ދުވާ ގަޑި ނުޖެހޭ ހައި ސްޕީޑް ޓްރެއިންއެކެވެ.