ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް ހއ. ހޯރަފުށީ ކައުންސިލުން ހިންގަމުންދާ ކަންކަން ސަރުކާރު ހިންގަމުންދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.
އެކަމާ ގުޅިގެން އެ ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކައުންސިލުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން، ހޯރަފުށީގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ.
އެގޮތުން ކައުންސިލްގެ މުވައްޒަފުންނާއި ތަނުގައި ހުރި ވެހިކަލްތަކާއި، ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައްވެސް ކެމްޕެއިންގައި ބޭނުންކުރަމުން ދާ ކަމަށާއި އެ ފަރާތްތަކުގެ އަމާޒު ހުރީ ގާނޫނުން އެކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު (އެމްޑީޕީ) ކެންޑިޑޭޓްގެ ކެޕްމެއިން ކުރުމަށް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މި އިންތިހާބާ ދިމާކޮށް ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށްވެސް ބުނަމުންދާ ކަމަށާއި އަދި މިއީ ކަނޑައެޅިގެން އިންތިހާބުތަކާ ބެހޭ ގާނޫނާވެސް ހިލާފުކަމެކެއް ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުން ބުނެފައި ވެއެވެ.
އެ ބަޔާނުގައި ވަނީ ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން އިތުރަށް ބަލާ ތަހުގީގު ކުރުމަށް ގޮވާލާފައެވެ.
ހޯރަފުށީ ދާއިރާއަށް އެމްޑީޕީ ފަރާތުން ވާދަ ކުރައްވަނީ މިހާރުވެސް ހޯރަފުށި ދާއިރާގެ ގޮނޑި ފުރުއްވަމުންދާ އަހްމަދު ސަލީމް (ސައްލެ)އެވެ. އަދޮ ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން ވާދަ ކުރަނީ އަލީ މޫސާއެވެ.
ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން' ކެމްޕޭން ކުރާވާހަކަ ދައްކަން' އެންމެރަނގަޅީ' ޕީއެންސީ- ހާއްސަކޮށް ރމުއިއްޒު